ފުވައްމުލައް ސިޓީއަށް އަރާފޭބުން މަނާކޮށްފި

ކޮވިޑު ކޭހެއް ފެނިގެން ފުވައްމުލައް ސިޓީއަށް އަރާފޭބުން މަނާކޮށްފިއެވެ. ފުވައްމުލައް ހޮސްޕިޓަލުން ބުނެފައިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން އިއްޔެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ...

06 May 2021 | 08:36

ކޮވިޑު ކޭހެއް ފެނިގެން ފުވައްމުލައް ސިޓީއަށް އަރާފޭބުން މަނާކޮށްފިއެވެ.

ފުވައްމުލައް ހޮސްޕިޓަލުން ބުނެފައިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން އިއްޔެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

"މި މީހާއަކީ ފާއިތުވި ދުވަސްތަކުގައި ދަތުރެއްކޮށް ނުވަތަ ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީނު ކުރެވުނު މީހެއް ނޫނެވެ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ" އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ފުވައްމުލަށް މޮނީޓަރިން ހާލަތަށް ގެންގޮސްފައިވާއިރު ރާއްޖޭގެ އިތުރު 27 ރަށެއް ވަނީ މޮނީޓަރިން ހާލަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް