ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނުލްއަުގޫބާތަށް ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެއީ ދިވެހިރާއްޖޭގެ ގާނޫނުލްޢުގޫބާތަށް ހަތަރު ވަނަ އިސްލާޙު ގެނައުމުގެ ބިލެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު އެވެ.
ގާނޫނުލްއުބޫބާތަށް ގެނައި މި އިސްލާހާއި އެކު ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅާފައިވެ އެވެ. މި ގެނައި އިސްލާހުގައި ރިޝްވަތު ހުށަހެޅުމަކީ ކުށެއްކަމުގައި ކަނޑައަޅުއްވާ އެކުށް ސާބިތުވާނެ ހާލަތު ވަނީ ބަޔާންކޮށްދީފައެވެ. އަދި ރިޝްވަތުގެ ކުށަކީ، ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއްކަމުގައިވެސް މި ގެންނެވި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.
ޤާނޫނުލްޢުޤޫބާތަށް ހަތަރު ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވާ މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) އުވުނީ އެވެ.
ގާނޫނުލް އުގޫބާތަށް ގެނައި އިސްލާހަށް އަމަލު ކުރަން ފަށާނީ ރައިސް ތަސްދީގު ކުރައްވާ ގެޒެޓު ކުރާ ދުވަހުން ފެށިގެންނެވެ.
ރައީސް އޮފީހުން ބުނީ އެ ބިލު ތަފްސޑި ކުރެއްވުމާއި އެކު މިއަދު ގެޒެޓުކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް