ކުޅުދުއްފުށީގައި ކޯވިޑް ފެތުރޭ ކަމުގެ ނިޝާނެއް އަދި ނުފެނޭ!

ހދ. ކުޅުދުއްފުށީ ސިޓީގައި ކޯވިޑް ފެތުރޭ ކަމުގެ ނިޝާނެއް އަދި ނުފެންނަ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ. އެ ރަށު ފްލޫ ކްލިނިކަށް ދެއްކި ތިން މީހަކު ކޯވިޑަށް ޕޮސިޓިވް ވެގެން ކުޅުދުއ...

06 May 2021 | 07:47

ހދ. ކުޅުދުއްފުށީ ސިޓީގައި ކޯވިޑް ފެތުރޭ ކަމުގެ ނިޝާނެއް އަދި ނުފެންނަ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ރަށު ފްލޫ ކްލިނިކަށް ދެއްކި ތިން މީހަކު ކޯވިޑަށް ޕޮސިޓިވް ވެގެން ކުޅުދުއްފުށި މޮނިޓަރިންއަށް ލީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. ކުޅުދުއްފުށިން ކޯވިޑަށް ޕޮސިޓިވް ވެފައިވަނީ ދެމަފިރިއަކާއި އެ އާއިލާގެ މީހެކެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނީ ރަށް މޮނިޓަރިންއަށް ލީ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރަށުގެ އެކި ސަރަހައްދުތަކުން ރެންޑަމްކޮށް 134 ސާމްޕަކް ނަގައި ކޯވިޑަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އެހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވް ވެފަ އެވެ.

އެކަމަކު އަދިވެސް ރަށު ތެރޭގައި ބަލި ފެތުރޭތޯ ބަލަން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ބުނެ އެވެ.

ޕޮސިޓިވްވި ތިން މީހުންނާއި ޑައިރެކްޓު ކޮންޓެކްޓުވެގެން ޓެސްޓު ކުރި އެންމެންވެސް ވަނީ ކޯވިޑަށް ނެގެޓިވް ވެފަ އެވެ. އެހެންކަމުން އެ ރަށުގައި ކޯވިޑް ފެތުރޭ ކަމުގެ ނިޝާނެއް އަދި ފެންނަން ނެތް ކަމަށް ބުނެ އެވެ.

މިއީ މިއަހަރު ތެރޭގައި ކުޅުދުއްފުށި ކޯވިޑާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނައި ދެ ވަނަ ފަހަރެވެ. މިދިޔަ މާޗް މަހު ޅ. ނައިފަރުން ކޭއާރުއެޗްއަށް ގެންގޮސް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ މީހަކާއި އެމީހާގެ ތިން އެހީތެރިއަކު ޕޮސިޓިވްވެގެން ކުޅުދުއްފުށީ މޮނިޓަރިންގެ ހާލަތަށް ގެނަ އެވެ.

އެކަމަކު އެ ފަހަރުވެސް ނެގި އެއްވެސް ރެންޑަމް ސާމްޕަލެއް ޕޮސިޓިވްވެފައި ނުވާތީ ހަތަރު ދުވަސް ފަހު ވަނީ ކުޅުދުއްފުށި އާންމު ހާލަތަށް ގެނެސްފަ އެވެ.

މިހާރު ރާއްޖޭގެ 27 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް