މިފަހަރު ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން ވޯޓުދެއްވާނެ: އެލެކްސް އަހުމަދު

ކުރިއަށް އޮތް، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ކޮރަޕްޝަނާއި ދެކޮޅަށް އެމްޑީޕީގެ އާންމު މެންބަރުން ވޯޓުދެއްވާނެ ކަމުގައި، ރައީސް ނަޝީދު ހިންގާކަމަށް އަޑު ފެތުރިފައި އޮންނަ އެލްކެސް އަހްމަދުގެ ޓް...

06 May 2021 | 07:00

ކުރިއަށް އޮތް، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ކޮރަޕްޝަނާއި ދެކޮޅަށް އެމްޑީޕީގެ އާންމު މެންބަރުން ވޯޓުދެއްވާނެ ކަމުގައި، ރައީސް ނަޝީދު ހިންގާކަމަށް އަޑު ފެތުރިފައި އޮންނަ އެލްކެސް އަހްމަދުގެ ޓްވިޓާ ހޭންޑަލުން ބުނެފިއެވެ.

އެ ހޭންޑަލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މަކަރާ ހީލަތުގެ އަނދިރި ރޭވުންތަކުގެ ތެރެޔަށް އެމްޑީޕީ ގެންދަވާ އެމްޑީޕީގެ އާންމު މެންބަރުން ނޭދޭނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު، މިކަމާ ގުޅޭ ޓްވީޓެއް، ރީ ޓްވީޓެއް ރައީސް ނަޝީދު އަދި އެލެކްސް އަހުމަދުގެ އެކައުންޓުން ވެސް ނުފެނެއެވެ. ބަދަލުގައި ފެންނަނީ އިންތިހާބާއި ސިޔާސީ ޓްވީޓްތަކެވެ.

https://twitter.com/anedhivehirajje/status/1390197217248509953

ރާއްޖޭގައި ކޮވިޑުގެ ހާލަތު މިހާ ގޯސްވެގެން ގޮސްފައިވަނީ ލޯކަލް ކައުންސިލް އިންތިހާބައް، ހައްދެއް ނެތި ހުޅުވާލުމުން ކަމުގައި އާންމު ރައްޔިތުން ތުހުމަތު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް