ޓްރާންސްޕޯޓުން އަލުން ވަޒީފާ ދޭން އެންގި ނުވަ މީހުނަށް އަދިވެސް ވަޒީފާ ނުދޭ

ޓްރާންސްޕޯޓު މިނިސްޓްރީގެ ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ތެރެއިން ވަޒީފާ އަނބުރާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން އެންގި ނުވަ މުވައްޒަފުންނަށް ވަޒީފާ ދިނުމަށް އަދި ނިންމާފައިނުވާ ކަމަށް ސިވިލް...

06 May 2021 | 06:57

ޓްރާންސްޕޯޓު މިނިސްޓްރީގެ ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ތެރެއިން ވަޒީފާ އަނބުރާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން އެންގި ނުވަ މުވައްޒަފުންނަށް ވަޒީފާ ދިނުމަށް އަދި ނިންމާފައިނުވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ބުނެފިއެވެ

މި އަހަރުގެ ކުރީކޮޅު 11 މުވައްޒަފަކު ޓްރާންސްޕޯޓު މިނިސްޓްރީގެ ވަޒީފާއިން ވަކިކޮށްފައިވަނީ، އެ މުވައްޒަފުންނަކީ ހާޒިރީއާއި މަސައްކަތަށް ފަރުވާތެރިކަން ނުބަހައްޓާ ބައެއް ކަމަށް ތުހުމަތުކޮށްފައެވެ.

ވަޒީފާއިން ވަކިކުރި ހުރިހާ މުވައްޒަފުންވެސްވަނީ އެ މީހުން ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅި 11 މުވައްޒަފުންގެ ތެރެއިން ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމުގައި އެ ޓްރިބިއުނަލުންވަނީ ނިންމާފައެވެ.

ނަމަވެސް ޕަބްލިކް އިންޓަރެސްޓު ލޯފާމުން ތަމްސީލުކުރި ނުވަ މުވައްޒަފުން ވަޒީފާއިން ވަކިކުރީ ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަނުކޮށް ކަމަށް ޓްރިބިއުނަލުން ނިންމީ މި މަހުގެ ދެ ވަނަ ދުވަހުގައެވެ. އެ މުވައްޒަފުން ވަކިކުރީ ރަނގަޅަށް ނޫން ކަމަށް ނިންމުމާއެކު އެ މުވައްޒަފުންނަށް އަނބުރާ ވަޒީފާ ދިނުމަށްވެސް ޓުރިބިއުނަލުން އަމުރުކޮށްފައިވެއެވެ.

މި 11 މުވައްޒަފުން ވަޒީފާއިން ވަކިކުރަން މިނިސްޓަރު ޢާއިޝަތު ނަހުލާ ނިންމެވީ ސީއެސްސީ އިން އެގޮތަށް އެކަންނުކުރުމަށް މިނިސްޓްރީއަށް ލަފާދީފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް