ރާއްޖޭގެ ކޮވިޑުގެ ހާލަތު، މި ޕޯސްޓުން

މިއީ ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަބްދުﷲ މައުރޫފް އޭނާގެ ފޭސްބުކް ޕްރޮފައިލްގައި ކުރައްވާފައިވާ ޕޯސްޓެކެވެ. އެޗްއީއޯސީގެ، ހެޑް އޮފް އެޓޯލް ޕްރެޕެއާޑްނެސްގެ ޒިންމާވެސް އުފުއްލަވަމުންގެން...

06 May 2021 | 06:49

މިއީ ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަބްދުﷲ މައުރޫފް އޭނާގެ ފޭސްބުކް ޕްރޮފައިލްގައި ކުރައްވާފައިވާ ޕޯސްޓެކެވެ.

އެޗްއީއޯސީގެ، ހެޑް އޮފް އެޓޯލް ޕްރެޕެއާޑްނެސްގެ ޒިންމާވެސް އުފުއްލަވަމުންގެންދަވާ އަބްދުﷲ މައުރޫފްގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޓެސްޓިންގ ކެޕޭޓިސިޓީގެ 100 އިންސައްތަ އަންނަނީ ބޭނުން ކުރަމުން ކަމަށެވެ. ކޮވިޑު ޕޭޝަންޓުން އުފުލަށް ބޭނުންކުރާ އުޅަނދުތައްވަނީ 100 އިންސައްތަ އެންގޭޖްވެފައިކަމަށެވެ. އެއްވެސް އޮފެއް ނެތި 100 އިންސައްތަ އިންސާނީ ވަސީލަތް އަންނަނީ ބޭނުންކުރެވެމުން ކަމަށެވެ. ސިވިއަރ އެޑްމިޓެޑް ކޭސްތަކުން، އައިސީޔޫގެ 100 އިންސައްތަ ވަނީ ފުލްވެފައި ކަމަށެވެ. ގާތްގަނޑަކަށް ހުރިހާ ހޮސްޕިޓަލެއްގެ ބެޑް ކެޕޭސިޓީ ވަނީ ފުލްވެފައި ކަމަށެވެ. ބެޑް ކެޕޭސިޓީ އެ އިސާރާތް ކުރެއްވީ މާލެ ސަރަހައްދަށް ކަމުގައި ބެލެވެއެވެ.

އަބްދުﷲ މައުރޫފް މިހެން ވިދާޅުވެފައިވާއިރު، ކޮވިޑުގައި ރާއްޖޭގެ ހާލަތު މިހާރު މިވަނީ ކުރިން ދުވަހަކުވެސް ނުދާހާ ނާޒުކު ހާލަތަކަށް ގޮސްފައެވެ.

ރެކޯޑް އަދަދަކަށް ޕޮޒިޓިވް ވަމުން އަންނަތާ އިއްޔެއަށް ތިން ދުވަސްވެފައިވާއިރު އިއްޔެ ރާއްޖެއިން 700 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވެއެވެ. މާލެ ސަރަހައްދުން އެކަނި 500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް