ކ. އަތޮޅުން ދ އަތޮޅަށް މޫސުން ގޯސް، ބޯކޮށް ވާރޭވެހި ގުގުރާނެ

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މޫސުން ގޮސްވާނީ ކ. އަތޮޅުން ދ. އަތޮޅާއި ދެމެދުގެ ރަށްތ...

06 May 2021 | 06:40

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މޫސުން ގޮސްވާނީ ކ. އަތޮޅުން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދަށް ވަނީ ވައިޓް އެލާޓު ނެރެފަ އެވެ.

އެލާޓު ނެރެފައިވަނީ ހެނދުނު 10:00 މެންދުރު ފަހު 3:00 އަށެވެ.

މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި އެ ސަރަހައްދުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ.

ރާއްޖޭގެ މޫސުން ރަނގަޅަށް އޮންނަތާ ދެ ހަފްތާއެއްހާ ދުވަސް ފަހުން ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާން ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް