ކޮވިޑު މެނޭޖްކުރަން ސިފައިންނާ ހަވާލުކުރުމަށް އިހުސާން ގޮވާލައިފި

ކޯވިޑް-19ގެ ހާލަތު މެނޭޖުކުރުމުގެ ޢަމަލީ މަސައްކަތް ފުލުހުންނާއި ސިފައިންނާ ހަވާލުކުރުމަށް ކެޕްޓަން ރިޓަޔާޑް ޢަލީ އިޙުސާން ގޮވާލައްވައިފިއެވެ. މިކަމަށް ގޮވާލައްވާ އިޙުސާން ކުރެއްވި ޓުވީޓެއްގައި އޭނާ އ...

06 May 2021 | 06:25

ކޯވިޑް-19ގެ ހާލަތު މެނޭޖުކުރުމުގެ ޢަމަލީ މަސައްކަތް ފުލުހުންނާއި ސިފައިންނާ ހަވާލުކުރުމަށް ކެޕްޓަން ރިޓަޔާޑް ޢަލީ އިޙުސާން ގޮވާލައްވައިފިއެވެ.

މިކަމަށް ގޮވާލައްވާ އިޙުސާން ކުރެއްވި ޓުވީޓެއްގައި އޭނާ އެދިވަޑައިގަތީ ޑޮކްޓަރުންގެ ޓީމަކީ ފަންނީ އިރުޝާދު ދެއްވާ ބޭފުޅުންތަކެއް ކަމުގައި ހަމަޖައްސައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަކީ ކަންކަަން ހިންގުމުގެ އިދާރީ މަސައްކަތްތަކުގައި އެންމެ އިސް ފަރާތް ކަމުގައި ހަމަޖެއްސުމަށެވެ.

އެއާއެކު، ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ކަންކަން ރާވައި ކޮންޓްރޯލުކުރުމުގެ ހުރިހާ ޒިންމާއެއް ސިފައިންނާ ފުލުހުންނާ މަތިކުރުމަށްވެސް އިހުސާނު ގޮވައިލެއްވިއެވެ. އަދި އެގޮތަށް އެކަން ނިންމައިފިނަމަ ސަލާމަތީ ޚިދުމަތްތަކުގައި ކުރިން މަސައްކަތްކުރެއްވި ވަރަށް ގިނަ އޮފިސަރުންވެސް ދަރުމައަށް އެ މަސައްކަތުގައި އެހީތެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އިޙުސާނުވެސް ހުންނެވީ އެފަދަ މަސައްކަތެއްގައި ހިލޭ ސާބަހަށް އެހީތެރިކަން ދެއްވުމަށް ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެންމެން ގުޅިގެން އެކީގައި މަސައްކަތްކޮށްފިނަމަ މި ކާރިސާއިން ސަލާމަތުން ރާއްޖެ ނެރެވިދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް