އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިރޭޒްއާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓިރޭޒްއާ ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލު ކުރެއްވުން އޮތީ ވަރޗުއަލްކޮށެވެ. ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި، ކ...

06 May 2021 | 06:14

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓިރޭޒްއާ ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން އޮތީ ވަރޗުއަލްކޮށެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި، ކޯވިޑާ ގުޅިގެން އދ އިން ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގެ ކޯވިޑްގެ ޙާލަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސެކްރެޓަރީ ޖެނެރަލަށް އަރުވާފައެވެ.

މި ވާޗުއަލް ބައްދަލުވުމުގައި މިނިސްޓަރު އޮފް ފޮރިން އެފެއަރޒް އަހުމަދު ޚަލީލް އާއި ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް