އެޗްޕީއޭއަކީ ޖޯކަކަށް ހަދާ ރައްޔިތުންގެ ކުރިމަތީގައި އަގުވައްޓާލީ މަޖިލީހުން!؟: ރީކޯ މޫސަ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަކީ ޖޯކަކަށް ހަދާ އެ އެޖެންސީގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލި ބަޔަކީ މަޖިލިސް ކަމުގައި މަޖިލީހުގެ ކުރީގެ ނައިބުރައީސް، ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއ...

06 May 2021 | 05:25

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަކީ ޖޯކަކަށް ހަދާ އެ އެޖެންސީގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލި ބަޔަކީ މަޖިލިސް ކަމުގައި މަޖިލީހުގެ ކުރީގެ ނައިބުރައީސް، ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ  މިހެން ވިދާޅުވީ ރޭ ދަންވަރު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މޫސަ މުޅިންވެސް ހުރީ ބައެއް ކަންކަމާ ސުވާލު އުފައްދާފައެވެ.

އެގޮތުން ސިޔާސީ ވެރިން ބޭނުންވާ އިންތިހާބު ބޭއްވިއްޖެތޯ އާއި، މުޒާހަރާވެސް ކުރެވިއްޖެތޯ ސުވާލު އުފައްދާފައިވެއެވެ.

"ރ މަޖްލީ ހުން HPA އަކީ ބޮޑު ޖޯކަކަށް ހަދާ ރައްޔިތުންގެ ކުރިމަތީގައި އަގުވެސް ވައްޓާލެވިއްޖެ؟" މޫސަގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މޫސަ އިތުރަށް ވިދާޅުވެފައިވަނީ އިދިކޮޅަސް އެއްކޮޅަސް ރައްޔިތުންގެ ފުރާނަޔަށް އިހުތިރާމުކުރަން އާދޭހާއެކު ދަންނަވާކަމަށެވެ.

https://twitter.com/ReekoMoosa/status/1390037383224041472

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް