ކޮވިޑްއަށް ފަރުވާ ހޯދަމުން ދިޔަ އަންހެނަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ނިޔާވި އަންހެން މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި 75 ވަނަ މީހާއެވެ.
އެޗްއީއޯސީއިން ބުނެފައި ވަނީ، މި މީހާ ނިޔާވެފައި ވަނީ ރޭފަތިހު 03:18 ހާއިރު ކަަމަށެވެ. އެއީ77 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްއީއޯސީއިން ބުނެއެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރު، ރާއްޖެއިން މިއަދު 734 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މި އަދަދަކީވެސް އަނެއްކާވެސް ރާއްޖޭގައި ރެކޯޑް އަދަދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް