ރެއާލް މެޑްރިޑް ބަލިކޮށް، ޗެލްސީ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑް ބަލިކޮށް ޗެލްސީން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. ޗެލްސީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގެ ދެވަ...

05 May 2021 | 22:46

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑް ބަލިކޮށް ޗެލްސީން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޗެލްސީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ރެއާލް އަތުން 2-0 އިން މޮޅުވެ، 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 28 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓިމޯ ވާނާއެވެ.

އެއްލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު ޗެލްސީން ނިންމާލިއިރު، އެޓީމުގެ ދެވަނަ ލަނޑުޖަހާ ފައިނަލް ކަށަވަރުކުރީ މެޗުގެ84 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މޭސަން މައުންޓްއެވެ.

ރޭގެ މެޗުން މޮޅުވެ ޗެލްސީ ފައިނަލަށް ދަތުރުކުރިއިރު، މިއީ ނުވަ އަހަރަށް ފަހު މި މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެޓީމު އެންމެ ފަހުން ފައިނަލެއް ކުޅެފައިވަނީ 2012 ވަނަ އަހަރުގައެވެ.

ޗެލްސީ ފައިނަލުން ޖާގަ ހޯދުމާއި އެކު މިފަހަރުގެ މި މުބާރާތުގެ ފައިނަލްގައި ވާދަކުރަން ޖެހިފައި މިވަނީ އިނގިރޭސި ދެ ކުލަބެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 29 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް