މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ އިންތިޚާބީ ކައުންސިލަރ އިބްރާހިމް ޝުޖާއު ކޮވިޑަށް ފައްސިވެއްޖެއެވެ.
ޝުޖާއު އަކީ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސްއެވެ. ޝުޖާއު ކޮވިޑަށް ފައްސިވުމާ ގުޅިގެން، މާލެ ސިޓީގެ އިންތިޚާބީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޝުޖާއު ކޮވިޑަށް ފައްސިވި ޚަބަރަކީ ވަރަށް ހިތްދަތި، ހިތާމަވެރި ޚަބަރެއް ކަމަށެވެ.
ކޮވިޑާ ގުޅިގެން މީގެ ކުރިން ޝުޖާއު ތަފާތު ވާހަކަތައް ދައްކަވާފައި ވެއެވެ. އެގޮތުން ކޮވިޑަކީ، ސަރުކާރު ހިމާޔަތްކުރަން ލިބުނު ބޮޑު ހަޒާނާއެއް ކަމަށާއި މިއީ ރައީސް ޔާމީންގެ ވެރިކަމެއް ނަމަ ރައްޔިތުން މިހާރު ތިބޭނީ ވެކްސިން ޖަހައިގެން ކަމަށް ވެސް ޝުޖާއު ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ގޮތާލާ ، ސިލްސިލާގޮތެއްގައި ބޭއްވި މުޒާހަރާތަކުގައި އެންމެ ކުރީގައި ޝުޖާއު ހަރަކާތްތެރިވެފައި ވެއެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލު ކުރި ހިސާބުން، ޕީޕީއެމް/ޕީއެންސީ އިން ވަނީ އެ މުޒާހަރާތައް ހުއްޓާލާފައެވެ.
މި މުޒާހަރާތަކާ ގުޅިގެން ތަކުރާރުކޮށް ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންދެވުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް