މާލޭގައި ކުޅޭ އޭއެފްސީކަޕްގެ މެޗްތައް ފަސްކުރަން ވާހަކަ ދައްކަނީ

ރާއްޖޭގައި ކުޅެން ނިންމާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް ފަސް ކުރުމާއި މެދު އޭއެފްސީ އާއި އެފްއޭއެމްއާއި ދެމެދު ވާހަކަ ދައްކަން ފަށައިފި އެވެ. މި މެޗުތައް ފެށުމަށް ކުޅުމަށް ހަމަޖެހިފައިަވަނީ މިމަހުގެ 1...

05 May 2021 | 20:23

ރާއްޖޭގައި ކުޅެން ނިންމާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް ފަސް ކުރުމާއި މެދު އޭއެފްސީ އާއި އެފްއޭއެމްއާއި ދެމެދު ވާހަކަ ދައްކަން ފަށައިފި އެވެ.

މި މެޗުތައް ފެށުމަށް ކުޅުމަށް ހަމަޖެހިފައިަވަނީ މިމަހުގެ 14-20 އަށެވެ. ރާއްޖޭގައި ކުޅުމަށް ހަމަޖެހިފައިވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތަކެވެ.

މިކަން ހާމަކުރެއްވީ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގަ އެވެ. މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވީ ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ރާއްޖޭގައި ގިނަވަމުން ދާތީ އާއި މި ދަނޑިވަޅު އާންމުންގެ ކަންބޮޑުވުންތައް ހުރުމާއެކު އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖު ފަސް ކުރަން އޭއެފްސީ އާއެކު އެފްއޭއެމުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

https://twitter.com/AhmedMahloof/status/1390029290448719873

އޭއެފްސީކަޕްގެ މެޗްތައް ކުޅެން ހަމަޖެއްސީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޚާއްސަ ހުއްދައަކާ އެކުގައެވެ.

"މިހާރު ދެކެވިފައިވާ ވާހަކަދަކަށް ބަލާއިރު ރާއްޖެ އަންނަ ޓީމްތަށް އަންނަންޖެހޭނީ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮވެގެން. އަދި ޓީމުތައް އައިސް ތިބެން ޖެހޭނީވެސް ވަކި ހޮޓަލެއްގައި، ވަކިން ކަރަންޓީނުވެގެން. ޓީމުތަކަށް އެއްވެސް އިތުރުތަނަކަށް ދިއުމުގެ ހުއްދައެއް ނޯންނާނެ. އެކޮމޮޑޭޝަނުން ދަނޑަށް، ދަނޑުން އެކޮމޮޑޭޝަނަށް ދާން ޖެހޭނީ، މިގޮތަށް ދަތުރުކުރުމުގެ ފުރުސަތު ޓީމުތަކަށް އޮންނާނީ. އަދި މިޓީމުތަކަށް ޚިދުމަތްދޭ ފަރާތްތަކުންވެސް މުޖުތަމައުގެ ތެރެއަށް ނުކުތުން މަނާވާނެ. ގައިޑްލައިންގައި މިކަންތަށްތަށް ހިމެނުމަށް މަޝްވަރާ ކުރެވިފައިވަނީ. އަދި މެޗްތައް ކުޅުމަށްފަހު ފުރާ ޓީމްތަށް ޑިޕާޗަރ ސާޕަލްވެއް ހަދަންޖެހޭނެ އަދި ރާއްޖޭގެ ޓީމްތަށް މުބާރާތް ނިމުމާއެކު 14 ދުވަހުގެ ކަރަންޓީނެއް ވާންޖެހޭނެ." ރާއްޖޭގައި އޭއެފްސީކަޕްގެ މެޗްތައް ބޭއްވުމަށް ހާއްސަ ހުއްދައެއް ދެވިފައިވާ ގޮތުގެ ތަފްސީލު ކިޔައިދެއްވަމުން، މީގެ ކުރިން ޕްރެސް ކޮންފަރެންސް އެއްގައި މަބްރޫބް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް