ރޭގަނޑު 9:00ން ފަތިހު 4:00ށް މާލޭގައި ކާފިއު ހިންގަނީ

ކޯވިޑް-19 ގެ ނުރައްކާތެރިކަން އިތުރުވެ މާދަމާއިން ފެށިގެން ރޭގަނޑު 9:00 ން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ނިންމައިފި އެވެ. އެޗްޕީއޭއިން ބުނީ މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާ...

05 May 2021 | 19:47

ކޯވިޑް-19 ގެ ނުރައްކާތެރިކަން އިތުރުވެ މާދަމާއިން ފެށިގެން ރޭގަނޑު 9:00 ން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ނިންމައިފި އެވެ.

އެޗްޕީއޭއިން ބުނީ މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއް ކަމަށެވެ. އަދި ޒަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޙިދުމަތްތަކަށް ނޫނީ އާންމު ތަންތަނަށް ނުކުމެ ނޫޅެވޭނެ ކަމަށެވެ.

އަދި އެފަދ ކަންކަމަށް ފުލުހުންގެ ޕޯޓަށް މެދުވެރިކޮށް ހުއްދަ ހޯދަން ޖެހޭނެ ކަމަށް ބުނެ އެވެ.

މާލެ ސަރަހައްދުގައި ނުރައްކާތެރި މިންވަރަކަށް ކޯވިދް ފެތުރެމުން ދާއިރު މިއަދު މާލެއިން އެކަނިވެސް 540 މީހުން ކޯވިޑަށް ޕޮސިޓިވްވެފަވެ އެވެ. މިއީ މިހަތަނަށް މާލެއިން އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހުނު ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް