ނޭޕާލުން ފައްސިވެފައި ވަނީ ދިވެހި އާއިލާއެއް ކަމަށް 'ދުވަސް' އަށް ކަށަވަރުވެއްޖެއެވެ.
އެގޮތުން ނޭޕާލުން ފައްސިވެފައި ވަނީ ދެމަފިރިންނާއި އެމީހުންގެ ދެ ދަރިންްގެ އިތުރުން، ގޭގައި ގެންގުޅޭ މީހެއްކަމަށް 'ދުވަސް' އަށް ވަނީ ޔަގީންވެފައެވެ. އެއީ ދިވެހި ދެމަފިރިއަކާއި އެ ދެމަފިރިންގެ ދެ ދަރިންނެވެ. އަދި އެމީހުންގެ މެއިޑްވެސް ޕޮޒިޓިވް ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ ކުރިން، ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނޭޕާލުގައި ތިބި ދިވެހި ދަރިވަރުންތަކެއް ޕޮޒިޓިވް ވެފައިވާކަމަށެވެ. ރައްކާތެރިވެ ތިބުމަށާއި އެކަކު އަނެކަކާ ގުޅޭނޭހެން ތިބުމަށް ޑރ އެދިލައްވާފައިވެއެވެ.
މިކަމާއި ބެހޭގޮތުން ފޮރިން މިނިސްޓްރީ ކުރެން އަހާލުމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ އަދި މިކަމުގެ ސީދާ މައުލޫމާތު ލިބިލައްވާފައިނުވާކަމަށާއި އެހެންނަމަވެސް އާންމު އުސޫލެއްގެ ގޮތުން، އެ ގައުމެއްގެ ކޮވިޑް ޕްރޮޓޮކޯލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފޮރިން މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށެވެ.
ޑރ. މުހައްމަދު އަލީ އޭނާގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ދަރިވަރުން އާންމުގޮތެއްގައި ތައުލީމު ހާސިލުކުރުމަށް ދާ އަވަށްޓެރި ގައުމުތަކުގައި ކޮވިޑު ވަރަށް ބޮޑަށް ފެތުރިފައިވާއިރު އެ ދަރިވަރުންވެސް އެ ތިބެނީ ނުރައްކަލުގައި ކަމަށެވެ. އެހެންކަމުން އެކަކު އަނެކަކާ މުއާމަލާތްތައް ކުރުމަށާއި ސަރުކާރާއި މުއާމަލާތް ކުރަމުން ގެންދިއުމަށްވެސް ޑރ އިލްތިމާސްކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް