އިމްރާން ސުވާލުތަކަށް ޖަވާބުދެއްވި އިރު އަލީ ވަހީދާއި އަމީން ހަނުހުންނަވައިފި

މިދިޔަ ހުކުރު ދވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާ އާއި ގުޅިގެން ހައްޔަރު ކުރި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އަދި ޖުމްހޫރީ ޕާޓީގެ ނަ...

06 May 2015 | 09:42

މިދިޔަ ހުކުރު ދވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާ އާއި ގުޅިގެން ހައްޔަރު ކުރި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމާއި ތަހުގީގު ޓީމުން ސުވާލު ކުރަން ފަށައިފި އެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ އެ މައްސަލައިގަ ސުވާލު ކުރުމުން ޝެއިހް އިމްރާން ޖަވާބު ދީފައިވާއިރު އަލީ ވަހީދާއި އަމީން ވަނީ ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފަ އެވެ.

އެ ތިން ބޭފުޅުންގެ ތެރެއިން އިއްޔެ މެންދުރު 02:30 ގައި ޝައިހް އިމްރާނާއި އަލީ ވަހީދާއި ސުވާލު ކޮށްފައިވާއިރު އަމީން އާއިސ ސުވާލުކޮށްފައިވަނީ އިއްޔެ ހަވީރު އެވެ.

ތިްނ ބޭފުޅުންނާއިވެސް ސުވާލުކޮށްފައިވަނީ އެ ބޭފުޅުންގެ ގާނޫނީ ވަކީލުންގެ ހާޒިރުގަ އެވެ. ގާނޫނީ ވަކީލު ހުސްނުއްސުއޫދު މީޑިއާގައި ވިދާޅުވީ އިމްރާނާއި އަލީ ވަހީދާ ފުލުހުން ސުވާލުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ފެށުމުގެ ގޮތުން އާޓިފިޝަލް ބީޗުގައި އެ ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކާ ގުޅޭގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ، ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެއްވައި، އިމްރާން ތަހުގީގަށް ބަޔާނެއް ދެއްވާފައިވާ ކަމަށެވެ.

ފުލުހުން އިމްރާނާއި އަލީ ވަހީދު އަދި އަމީން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އޭގެ އެއް ރޭ ފަހުން ފުލުހުން ވަނީ ޕީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދު ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައިގަ ސޮބާހު އާއު ސުވާލު ކުރުމުން އޭނާވެސް ވަނީ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފަ އެވެ.

ފުލުހުން ތަހުގީގު ކުރާ މައްސަލައަކީ ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް އެ ދެ ބޭފުޅުން ވާހަކަފުޅުދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް