ކުރިޔަށް އޮތް 24 ގަޑިއިރުވެސް ވިއްސާރަ ކުރާނެ

ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. އެ އިދާރާއިން ބުނެފައިވަނީ އެންމެ ބޮޑަސް ވިއްސާރައިގެ އަސަރު ކުރާނީ އުތުރާއި މެ...

06 May 2015 | 08:16

ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން ބުނެފައިވަނީ އެންމެ ބޮޑަސް ވިއްސާރައިގެ އަސަރު ކުރާނީ އުތުރާއި މެދުރާޢްޖެތެރޭގެ އަތޮޅުތަކަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00އަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތައް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށްވެސް މެންދުރުފަހުން ގުގުރާ ވިއްސާރަކުރާނޭކަމަށް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަގުދެކުނުން ގަޑިއަކު 5 މޭލާ 15 މޭލު ދެމެދުގެ ބާރުމިނުގައި،ވައިޖެހޭނެ ކަމަށާއި އަދި މެދުތެރެއާއި އުތުރުއަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 5 މޭލާއި 15 މޭލާއިދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ.

އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުބާރުމިނަށް ވައިގަދަވެގެން ދިއުމަކީ އެކަށީގެންވާކަމެއް ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ކެރިނގަޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލުމާތު ދެއެވެ.

ވިއްސާރައިގެ ސަބަބުން ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެކަމަށް ބަލައި މެޓް އޮފީހުން ރޭ ވަނީ ވައިޓް އެލާޓު ނެރެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް