ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މިމަހު 27 ބާއްވަން ނިންމައިފި އެވެ.
އެ ބޭންކުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ބޭންކުގެ 32 ވަނަ އަހަރީ އާންމު ޖަލްސާ އޮންނާނީ 27 މެއި ވާ ބުދަ ދުވަހުގެރޭ 9:00 ގައި އިސްލާމިކް މަރުކަޒުގަ ކަމަށެވެ.
އަހަރީ އާންމު ޖަލްސާގައި 2014 ވަނަ އަހަރުގެ ހިސާބުތައް ފާސްކުުރުމާއި ހިއްސާގެ ފައިދާ އަށް ބަހާނެ މިންވަރު ފާސްކުުރުމާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުުރުން އޮންނާނެއެވެ. ބީއެމްއެލްއިން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ 20 މެއި 2015 ގެ ނިޔަލަށް މި ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިއްސާދާރުންނަށް ކަމަށެވެ.
މިއަހަރު ހިއްސާއަަކަށް ބެހުމަށް ބޭންކުގެ ބޯޑުން ނިންމާފައި ވަނީ 16 ރ އެވެ. ނަމަވެސް މިއަދުދު ފާސްކުރަންޖެހޭނީ އަހަރީ ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ހިންގުމުގެ ފައިދާ ވަނީ 2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެއް ބިލިއަނަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް