ދިއްގަރު ދާއިރާގެ އިންތިހާބަށް ރަޖިސްޓްރީ ވާން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އިއްޔެ ހު...

06 May 2015 | 05:57

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އިއްޔެ ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް އޮންނާނެ އެވެ. ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 3:00 އަށް އެ ކޮމިޝަންގެ އިދާރާ އާއި ދިއްގަރު ދާއިރާގައި ހިމެނޭ ރަށްރަށުގެ ކައުންސިލް އިދާރާތަކުން ބަލައިގަންނާނެ ކަމަށް ވެސް ބުންޏެވެ.

އާންމުކޮށް ބައި އިލެކްޝަންތަކުގައި ވޯޓުލުން ކުރިޔަށް ގެންދަނީ މާލޭގެ އިތުރުން ވޯޓުލުން ކުރިޔަށްދާ ދާއިރާގެ ރަށްތަކުގަ އެކަންޏެވެ.

ޖޫން ހައެއް ގައި ބާއްވާ އިންތިހާބުގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން އަހުމަދު ފާރިިޝް މައުމޫނާއި އިދިކޮޅު އެމްޑީޕީގެ އަހުމަދު ރާޒީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ބޭފުޅުން ކަމަށްވާ އެލްޖީއޭގެ ނައިބު ރައީސް މޫސާ ނަސީރު އަހުމަދު އަދި ޝަމީމް އަލީ އެވެ.

ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން މިދިޔަ މަހު ހުކުމްކުރުުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް