އިސްލާމިކް މިނިސްޓަރަކަށް ޑރ. ޒިޔާދު އައްޔަންކުރައްވައިފި

އިސްލާމިކް މިނިސްޓަރު ކަމަށް ޑރ. އަހުމަދު ޒިޔާދު ބާގިރު ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނަށް އިސްލާމިކް މިނިސްޓަރު ކަމުގެ ...

06 May 2015 | 05:16

އިސްލާމިކް މިނިސްޓަރު ކަމަށް ޑރ. އަހުމަދު ޒިޔާދު ބާގިރު ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނަށް އިސްލާމިކް މިނިސްޓަރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދެވެ.

ޑރ ޒިޔާދު މިހާތަނަށް ހުންނެވީ އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި އެވެ.

އިސްލާމިކް މިނިސްޓަރުގެ މަގާމް ހުސްވެފައިވަނީ އެމަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ އެމަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

ޝަހީމް އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ މެމްބަރުން އެ މަގާމުތަކުން އިސްތިއުފާދިނުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށް އެކަން މިދިޔަ ހޮނިހިރު ދުވަހު އަންގައިފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް