ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަސްވެނިވުން މި މަހު 24ގައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަސްވެނިވުން މި ހިނގާ އޭޕްރީލް މަހުގެ 24 ގައި ބާއްވަން ނިންމައިފިއެވެ. މިކަން ހާމަކޮށް އެ ޔުނިވާސިޓީއިން މިއަދު ބުނެފައިވަނީ މިފަހަރު ދަސްވެނިވުން ބޭއްވުމަށް ހަމަޖެހ...

06 Apr 2025 | 12:46

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަސްވެނިވުން މި ހިނގާ އޭޕްރީލް މަހުގެ 24 ގައި ބާއްވަން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެ ޔުނިވާސިޓީއިން މިއަދު ބުނެފައިވަނީ މިފަހަރު ދަސްވެނިވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ސެޝަނަކަށް ބަހާލައިގެން ކަމަށާއި ދަސްވެނިވުން އޮންނާނީ އެ ޔުނިވާސިޓީގެ އޭ ބްލޮކް އޮޑިޓޯރިއަމްގައި ކަމަށެވެ.

އެ ޔުނިވާސިޓީއިން ބުނެފައިވާގޮތުގައި މިފަހަރު 349 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވާނެއެވެ. އެ ރަސްމިއްޔާތު ޓީވީއެމްއިން ލައިވްކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް