ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް އައްޔަންކޮށްފައިވާ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ރަސްމީ ޑިއުޓީ މިއަދު ފައްޓަވައިފިއެވެ.
އެކަން ފާހަގަކޮށް އެ އޮފީހުން ވަނީ އައު ސީޕީއަށް މަރުހަބާ ދެންނަވާފައެވެ. މަރުހަބާ ދެންނެވުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަހްމަދު އަޝްފާން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އައްޔަންކޮށްފައިވަނީ މިދިޔަ މާރިޗް މަހުގެ 21 ވަނަ ދުވަހުގައެވެ.
އެ މަޤާމަށް ފަޞީޙް އައްޔަންކޮށްފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި ޝަމްޢާން ވަހީދަށް ކުރެވޭ ތުހުމަތުތަކެއްގައި އޭނާ އެ މަޤާމުން ވަކި ކުރުމަށްފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް