ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރަން އަމުރުކޮށްފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީންގެ އަތުން ނާޖާއިޒް މަ...

06 Apr 2025 | 10:55

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދާ މައްސަލަ ފެންމަތިވެ ޝަމްއާން މަޤާމުން ވަކިކުރީ 21 މާރިޗު 2025 ގައެވެ. އަދި22 މާރިޗުގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަސް ޖަހާފައެވެ.

މީގެ އިތުރުން އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން މިއަދު ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ހުކުމްކޮށްފައެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދާ މައްސަލައިގައި ޝަމްއާންގެ އިތުރުން 4 މީހަކު ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

ހަަމައެހެންމެ އެ މައްސަލާގައި ޝަމްއާންގެ އާއިލާ މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓަފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް