މުޝްފިޤު ހޯދަން އިއްޔެވެސް ބޮޑު ސަރަހައްދެއް ބެލި – އަދި ނުފެނޭ

ކަނޑުމަތިން އަނދާ ހުލިވެ އަޑިއަށްދިޔަ "ހޮޅުދޫ ބޯޓު" އިން ގެއްލުނު މުޝްފިޤު ހޯދަން އިއްޔެވެސް ބޮޑު ސަރަހައްދެއް ބަލައިފިއެވެ. ލ. މާވަށަށް އުފަން، އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފް ހޯ...

06 Apr 2025 | 04:28

ކަނޑުމަތިން އަނދާ ހުލިވެ އަޑިއަށްދިޔަ "ހޮޅުދޫ ބޯޓު" އިން ގެއްލުނު މުޝްފިޤު ހޯދަން އިއްޔެވެސް ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

ލ. މާވަށަށް އުފަން، އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފް ހޯދުމަށް އެމްއެންޑީއެފް އިން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނާއި ގުޅޭގޮތުން، އެމްއެންޑީއެފްއިން ރޭގައި ބުނެފައިވަނީ އިއްޔެވެސް ސާފެސް ސާޗްގެ ގޮތުގައި 133 ސްކޮޔާ ނޯޓިކަލް މޭލު، ޑައިވްކޮށްގެން އަންޑަވޯޓާ ސާޗްގެ ގޮތުގައި 143،880 އަކަ މީޓަރު އަދި ވައިގެމަގުން 5000 ސްކޮޔާ ކިލޯމީޓަރު ސަރަހައްދެއް ބަލާފައިވާކަމަށެވެ.

ލ. މާވަށުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ "ހޮޅުދޫ ބޯޓު"ގައި އަލިފާން ރޯވިއިރު އެ ދޯނީގައި 18 މީހަކު ތިބި ކަމަށާއި 17 މީހަކު ސަލާމަތް ކުރެވުނު ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި އެ ބޯޓު ވަނީ އެއްކޮށް އަނދާ ހުލިވެ އަޑިއަށް ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް