މަސްތުވާތަކެތި ހުރި ލަގެޖެއް އުސޫލުން ބޭރުން އެއާޕޯޓުން ބޭރުކުރި މައްސަލައެއްގައި އެމްއޭސީއެލްގެ ދެ މުވައްޒަފަކާއި ބިދޭސީއަކާއި އަދި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ނޫސްވެރިއަކު ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ފުލުހުންގެ ތަރުޖަމާނު ޝިފާން ވިދާޅުވީ 15 މާރިޗްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އުސޫލުން ބޭރުން ބޭރުކުރަން އުޅުނު ލަގެޖެއްގައި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހިރޮއިން އަދި މެތް (ޖުމްލަ 4.5ކިލޯގްރާމް އަށްވުރެ ގިނައިން) ހުރި ލަގެޖެއް ބޭރުކުރަން އުޅުމުގެ މައްސަލައެއްގައި ޕާކިސްތާނުގެ މީހަކާއި އެމްއޭސީއެލްގެ ދެ މުވައްޒަފަކު އަދި ލަގެޖާއި ހަވާލުވާންދިޔަ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
"މިއަދު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގެންދިއުމުން މި މައްސަލައިގާ ހިމެނޭ އެންމެ އިސްމީހާކަމަށް ބެލެވޭ އެމްއޭސީއެލްގެ ސީނިއަރ މުވައްޒަފަކު ދޫކޮށްލާފައިވޭ، ދޫކޮށްލާފައިވަނީ ކޮންމެވެސް ވަރަކަށް ހެކި ހުރި ނަމަވެސް ޝަރުތު ކޮށްފަ" ޝިފާން ވިދާޅުވިއެވެ.
ޝިފާން އިތުރަށް ވިދާޅުވީ މިއީ ޖިނާއީ ބޮޑު ތަހުގީގެއް ކުރަމުންދާ މައްސަލައެއް ކަމަށާއި އަދި މިކަމުގައި ގިނަ މުވައްޒަފުންތަކެއް ހިމެނޭތީ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް