ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) ގެ އިންފޮމޭޝަން އަޕްޑޭޓު ފޯމު" ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފި އެވެ.
ވެމްކޯއިން ނެރުނު އިއުލާނެއްގައި ބުނީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވެމްކޯ ކުނި ބިލު ހިމަނަމުންދާނީ ސްޓެލްކޯގެ ކަރަންޓު މީޓަރު ބިލުގައި ކަމަށެވެ. އޭގެ ތެރޭގައި ކުންފުނިތަކާއި އާންމުންގެ ގޭބިސީތަކާއި މުއައްސަސާތަކުގެ ކުނި ބިލު ހިމެނެ އެވެ.
ވެމްކޯއިން ބުނީ އެ ކުންފުނީގެ އިންފޮމޭޝަން އަޕްޑޭޓު ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިހާރު މިމަހުގެ13 ވަނަ ދުވަސް ކަމަށެވެ. އެ މުއްދަތުގެ ނިޔަލަށް ފޯމު ހުށަނާޅާ ފަރާތްތަކުގެ ހިދުމަތް މެއި އެއް ވަނަ ދުވަހުން ފެށިގެން މެދުކެނޑޭނެ ކަމަށެވެ.
އެ ފޯމު ވެމްކޯއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
އިތުރު މައުލޫމާތު1666 އިން ލިބޭނެ އެވެ.
ވެމްކޯ ބިލު ކަރަންޓު ބިލުގައި ހިމަނަން ނިންމީ ބިލު ނުދައްކާ ފަރާތްތައް ގިނަވެ ވެމްކޯގެ ހިންގުމަށް ދަތިތަކާއި ކުރިމަތިވާތީ އެވެ. ސްޓެލްކޯ ކަރަންޓު ބިލުގައި ކުނި ބިލު ހިމެނިޔަސް މިވޭތުވެދިޔަ ތަނުގައި ނުދައްކާ ހުރި ބިލު ނުހިމަނާނެ ކަމަށް ބުނެ އެވެ.
ކުނި މެނޭޖުކުރުމަށް ވެމްކޯއަށް ދިމާވާ ގޮންޖެހުންތައް ހައްލުވާނީ ފައިސާ ލިބިގެން ކަމަށާއި މާލޭ ސަރަހައްދުގައި 53،000 އަށްވުރެ ގިނަ ގޭބީސީން ކުނި ނަގަން ޖެހޭ އިރު، ގަވާއިދުން ވެމްކޯއަށް ފައިސާ ދައްކަނީ 20،000 ގޭބީސީއަކުން ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް