ހުޅުމާލެއިން ދިރިއުޅުމަށް 15 ގޯތި ވިއްކަނީ

ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް 15 ގޯތި ވިއްކަން އާބަންކޯއިން އިއުލާނުކޮށްފި އެވެ. ބިން ވިއްކަން ނިންމާފައިވަނީ ހުޅުމާލޭ ފޭސް އެކަކުން ކަމެއް ނުވަތަ ދޭކުން ކަމެއް ހާމައެއް ނުކުރެ އެވެ. މި ...

06 Apr 2023 | 17:25

ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް 15 ގޯތި ވިއްކަން އާބަންކޯއިން އިއުލާނުކޮށްފި އެވެ.

ބިން ވިއްކަން ނިންމާފައިވަނީ ހުޅުމާލޭ ފޭސް އެކަކުން ކަމެއް ނުވަތަ ދޭކުން ކަމެއް ހާމައެއް ނުކުރެ އެވެ. މި ގޯތިތައް ވިއްކުމަށް ހަމަޖެހިފައިވަނީ ބިޑް ޕޯޓަލް މެދުވެރިކޮށެވެ.

އެޗްޑީސީން ބުނީ ވިއްކަން ނިންމާފައިވަނީ ބީޗް ސައިޑުން 1،600-2،300 އަކަފޫޓުގެ 10 ގޯއްޗެވެ. ބީޗް ފްރޮންޓުން ވިއްކަނީ 1،200-1،800 އަކަފޫޓުގެ ފަސް ގޯތި ކަމަށެވެ.

މި ގޯތިތަކަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ. އަދި ކުންފުންޏެއްގެ ނަމުގައި ގަންނަ ނަމަ އެ ކުންފުންޏެއް ވާންޖެހެނީ ރެޖިސްޓްރީކޮށްފައިވާ 100 ޕަސެންޓު ދިވެހިން ހިއްސާވާ ކުންފުންޏަކަށެވެ.

ޝަރުތު ހަމަވާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހެނީ އާބަންކޯގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އެޗްޑީސީން ބުނީ ބިޑް ހުށަހެޅުމުގެ ކުރިން ރެޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.

އިތުރު މައުލޫމާތު އާބަންކޯގެ ހޮޓްލައިން 1516 އިން ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް