އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައްޑޫ ސިޓީގެ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މިކަން ހާމަކޮށް އެމްއެންޑީއެފުން މިރޭ ބުނީ އައްޑޫ ސިޓީ ހިތަދޫގައި ޓޫރިޒަމަށް ދޫކޮށްފައި އޮތް ހުސް ބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި...

06 Apr 2023 | 17:10

އައްޑޫ ސިޓީގެ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފުން މިރޭ ބުނީ އައްޑޫ ސިޓީ ހިތަދޫގައި ޓޫރިޒަމަށް ދޫކޮށްފައި އޮތް ހުސް ބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

އަދި ރޯވެފައި ވަނީ އެތަނުގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ މަޢުލޫމާތު ރިޕޯޓްކޮށްފައި ވަނީ މިރޭ 6:45 ހާއިރު ކަމަށެވެ.

މީގެ އިތުރުން އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ނަމަވެސް މި ހާދިސާގައި އަލިފާން ރޯވި ސަރަހައްދަށް ލިބުނު ގެއްލުމުގެ އެއްވެސް މަޢުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް