ޖޭޕީގެ ދައުވަތާއި ގުޅޭގޮތުން ޖޭޕީއާއެކު އިތުރަށް މަޝްވަރާ ކުރުމަށް އެމްއާރްއެމްއިން ނިންމައިފި

ކޯލީޝަން ހެދުމަށް ޖުމްހޫރީ ޕާޓީން ދީފައިވާ ދައުވަތާއި ގުޅޭގޮތުން އެ ޕާޓީއާއެކު މަޝްވަރާ ކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ނިންމައިފިއެވެ. ދުވަހަށް މައުލޫމާތުދެމުން އެ ޕާޓީން މި...

06 Apr 2023 | 16:21

ކޯލީޝަން ހެދުމަށް ޖުމްހޫރީ ޕާޓީން ދީފައިވާ ދައުވަތާއި ގުޅޭގޮތުން އެ ޕާޓީއާއެކު މަޝްވަރާ ކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ނިންމައިފިއެވެ.

ދުވަހަށް މައުލޫމާތުދެމުން އެ ޕާޓީން މިރޭ ބުނީ ޖުމްހޫރީން ދިން ދައުވަތު ގަބޫލުކޮށް ކޯލީޝަން ހެދުމާއިމެދު ދެ ޕާޓީން އިތުރަށް މަޝްވަރާ ކުރުމަށް އެމްއާރްއެމްއިން ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް މަޝްވަރާތައް ފަށާނެ ވަކި ތާރީހެއް ހަމަޖެހިފައިނުވާކަމަށް އެމްއާރްއެމް އިން ބުންޏެވެ.

ޖޭޕީއާއެކު މަޝްވަރާ ކުރުމަށް އެމްއާރްއެމްއިން ނިންމާފައިވާއިރު އެމްމާރްއެމްއަށް ރައީސް ސޯލިހްވެސް ދައުވަތު އަރުވާފައިވެއެވެ. އެ ދައުވަތާއި ގުޅިގެން ރައީސް ސޯލިހާއި އެ ޕާޓީން ބައްދަލުވެސް ކޮށްފައިވެއެވެ. އެހެން ނަމަވެސް އެ ބައްދަލުކުރެއްވުމުގައި ވަކި ގޮތެއް އެމްއާރްއެމްއިން އަދި ނިންމާފައެއް ނުވެއެވެ.

މިހާރު މި އޮތް ސަރުކާރުގެ ޕާޓީތަކުގެ ތެރެއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަކި ގޮތެއް ނުނިންމާ އޮތީ އެމްއާރްއެމް އެކަންޏެވެ. ސަރުކާރު ކޯލީޝަންގެ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީން ރައީސް ސޯލިހާއެކު ކުރިއަށްދާން ނިންމާފައިވާއިރު ގާސިމްގެ ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް