ލުބުނާނުން އިޒްރޭލަށް ހަމަލާ ދޭން ފަށައިފި

މަސްޖިދުލް އަޤްޞާ އަށް އަށް އިޒްރޭލު ސިފައިން ވަދެ ގަތް މައްސަލައިގާ ލުބުނާނުން އިޒްރޭލަށް ހަމަލާ ދެމުން އެބަ ގެންދެއެވެ. އެގޮތުން އިޒްރޭލުން އެންމެ ފުރަތަމަ ބުނެފައިވަނީ ދެ ހަމަލާއެއް ލުބުނާނު ފަޅިން...

06 Apr 2023 | 15:10

މަސްޖިދުލް އަޤްޞާ އަށް އަށް އިޒްރޭލު ސިފައިން ވަދެ ގަތް މައްސަލައިގާ ލުބުނާނުން އިޒްރޭލަށް ހަމަލާ ދެމުން އެބަ ގެންދެއެވެ.

އެގޮތުން އިޒްރޭލުން އެންމެ ފުރަތަމަ ބުނެފައިވަނީ ދެ ހަމަލާއެއް ލުބުނާނު ފަޅިން އަމާޒުވި ކަމަށާއި އެ ދެ ހަމަލާވެސް ނާކާމިޔާބު ކޮށްލެވުނު ކަމަށެވެ.

އެހެންނަމަވެސް ފަހުން އިޒްރޭލުން ބުނެފައިވަނީ މިހާތަނަށް ރޮކެޓް ހަމަލާގެ 34 ހަމަލާއެއް ލުބުނާނު ފަޅިން އިޒްރޭލަށް އަމާޒުކޮށްފައިވާއިރު އޭގެ ތެރެއިން 25 ރޮކެޓެއް ނާކާމިޔާބު ކޮށްލެވުނު ނަމަވެސް ނުވަ މިސައިލެއް އިޒްރޭލަށް އަމާޒުވެއްޖެ ކަމަށެވެ. އަދި ތިން މީހަކު ޒަހަމްވެފައިވާކަމަށްވެސް އިޒްރޭލުން ބުނެފައިވެއެވެ.

ލުބުނާނު ފަޅިން ދެމުން އެދާ ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ. އެހެން ނަމަވެސް މަސްރަހު އިތުރަށް ގޯސްވެދާނެކަމަށް ބަލައި ލުބުނާނުގައި އޮންނަ އދ ގެ އަމަން ބަލަހައްޓާ ފައުޖުން މިހާރު އަންނަނީ ލުބުނާނު ފަޅީގެ ހަނގުރާމަވެރިންނާއި އިޒްރޭލާއި ދެމެދު މަޝްވަރާތައް ކުރަމުންނެވެ.

އިޒްރޭލަށް ލުބުނާނު ފަޅިން ހަމަލާތައް އަމާޒުވަމުން އަންނައިރު ފަލަސްތީނު ފަޅިންވެސް މިއަދު ރޮކެޓް ދެ ހަމަލާއެއް އަމާޒުވެފައިވާކަމުގައި އިޒްރޭލުން ބުނެފައިވެއެވެ.

އިޒްރޭލު ސިފައިން އަޤްޞާ މިސްކިތަށް ވަދެގަނެ ނަމާދަށް ތިބި މުސްލިމުންނަށް ހަމަލާދިނުން އިސްލާމީ ގިނަ ގައުމުތަކުން ކުށްވެރި ކޮށްފައިވެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް