ޖޭޕީ ލީޑަރ ގާސިމުގެ ކޯލިޝަން ދައުވަތު އަދީބުގެ އެމްޓީޑީ އަށް

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީގެ ފަރާތުން ކޯލީޝަންގެ ދައުވަތު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ފޮނުވައިފިއެވެ. ދުވަހަށް ވަނީ ޖޭޕީ...

06 Apr 2023 | 15:01

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީގެ ފަރާތުން ކޯލީޝަންގެ ދައުވަތު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ފޮނުވައިފިއެވެ.

ދުވަހަށް ވަނީ ޖޭޕީން ފޮނުވި ސިޓީގެ ކޮޕީއެއް މިރޭ ލިބިފައެވެ. އެ ސިޓީ ފޮނުވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓުގެ ހައްސިޔަތުން ޤާސިމް އިބްރާހީމް ސޮއި ކުރައްވާފައި އެވެ.

2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޖުމްހޫރީ ޕާޓީއިން މަތިކޮށްފައިވާ ޒިންމާއާއިގެން ކުރިޔަށް ދިޔުމަށް، ގިނަ ބައެއްގެ ބައިވެރިވުން އޮންނާނެ ގޮތެއްގެ މަތިން ޤައުމުގެ ކަންކަން އިސްލާހުގެ މަގަށް ގެނައުމަށް އެމްޓީޑީ އާއި އެކު ޤާސިމް އިބްރާހީމު މަސްވަރާކުރުމަށް ބޭނުންވާކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ސިޓީ އާއި ގުޅިގެން ރަސްމީ ބަހެއް ހޯދުމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފު އަށް ގުޅުމުން ވިދާޅުވެފައިވަނީ މިއަދުގެ ވަގުތެއްގައި އެސިޓީ އެމްޓީޑީ އަށް ވަނީ ރައްދުކުރެވިފައެވެ. އަދި އެމްޓީޑީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަޝްރަފް (ޝުންބާ) އަށް ގުޅުމަށް މިނޫހުން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް