އއ. ހިމަންދޫގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހިމަންދޫގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ ކޮންޓްރެކްޓް އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ޑިރެކްޓަރ އާއިޒް ރުޝްދީ ކަމަށެވެ.
އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށް ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.
މި މިސްކިތުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.
މިއީ 10،312،301.43 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް