ސަރުކާރުގެ ސިޔާސަތާ ދެކޮޅު ނުވާނަމަ ސިޔާސީ މަގާމެއް އަތުނުލާނެ: ތަރުޖަމާނު

ސަރުކާރުގެ ސިޔާސަތާއި ދެކޮޅު ނުވާނަމަ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު އަތު ނުލާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވެފައި މިވ...

06 Apr 2023 | 09:46

ސަރުކާރުގެ ސިޔާސަތާއި ދެކޮޅު ނުވާނަމަ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު އަތު ނުލާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި ތިއްބެވި ބައެއް ސިޔާސީ ބޭފުޅުން މަގާމުން ވަކިކުރަމުންދާ ދަނޑިވަޅެއްގައި އެވެ.

މިއަދު ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަޒީފާގެ ބިރު ދެއްކިޔަސް މި ސަރުކާރުން އެހެން ނުހަދާނެ ކަމަށެވެ. އެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ އެއާ ހިލާފަށް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ރައީސަށް ލިބިވަޑައިގަންވާ ބާރުގެ ދަށުން، ހަވާލުކުރައްވާ މަސްއޫލިއްޔަތު އަދާކޮށް ނިމުމުން ނުވަތަ އަދާ ނުކުރާ ނަމަ، އެ މަގާމުތަކުން ވަކި ކުރެވޭނެ ކަމަށެވެ. އެ މަގާމުތަކުގައި ތިއްބެވޭނީ ރައީސްގެ ސިޔާސަތު ތަންފީޒުކޮށް، ރައީސް ހަވާލު ކުރައްވާ މަސައްކަތްތައް ކުރެއްވޭނަމަ ކަމަށް ވިދާޅުވި އެވެ.

މިއުވާން ވިދާޅުވި ގޮތުގައި ވަޒީފާއިން ވަކި ކުރި ސިޔާސީ ފަރާތްތަކަކީ ހެނދުނު ނުކުމެ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން އުޅެފައި ރޭގަނޑު އެއް ފިކުރެއްގެ މީހުންނާއެކު ނުކުމެ، ހެނދުނު ތަންފީޒުކުރަން އެ އުޅުނު ސިޔާސަތު ގޯސްކޮށް ވާހަކަ ދައްކާ މީހުން ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ މީހުންނަކީ އެއްގޮތަށް ދަންނަވާ ނަމަ ސިޔާސީ ގޮތުން ލޯ ނުހުޅުވޭ އަދި އެ މަގާމުގައި ހުރުމުގެ ބޭނުން ކެނޑެޑިފައި ތިބި ބޭފުޅުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް