ރުށްތަކަށް ބަލިޖެހި ރާއްޖެއިން ކާށި ލިބުން ދަތިވެފައި ވާތީ އެކަމަށް ހައްލެއް ގެނައުމަށް 5،000 ރުށް ރާއްޖެ ގެނެސްފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކޮށްފައި ވަނީ ރާއްޖޭގެ ރުށްތަކަށް ޖެހިފައިވާ ބަލިތަކާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް އަމާޒުކޮށްގެން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރުށްތަކަށް ބައްޔެއް ޖެހިފައިވާތީ ކުރުނބާ އަދި ކާށި ލިބުން ދަތިވެފައިވާތީ އެ މައްސަލަ ހައްލުކުރުމަށް 5،000 ރުށް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
އަދި މިރުށްތައް މިވަގުތު ހުރީ އެގްރިކަލްޗާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަރަންޓީނުކޮށްފައި، ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މިރުށްތައް އެކި ރަށްތަކަށް ބަހާލުމަށް ނިންމާފައިވާއިރު ރުށްތައް ބަހާލުމުގެ ކުރިން އެއްވެސް ބައްޔެއް ހުރިތޯ ބަލާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފައި ވެއެވެ.
ރާއްޖެއަށް 5000 ރުށް އެތެރެކޮށްފައި މިވަނީ ކާށި ލިބުން ދަތިވެ ރާއްޖެއަށް ކާށި ޝިޕްމަންޓެއް އެތެރެކޮށްފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް