އަމީނީ މަގު މަޝްރޫއަށް ފުރުގާން މިސްކިތުން ފެށިގެން ބިލަބޮންގާ ހަމައަށް ބަންދު ކުރަނީ

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން ފުރުގާން މިސްކިތުން ފެށިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ހަމައަށް ބަންދު ކުރަން ނިންމައިފި އެވެ. މި މަޝްރޫއުގެ މަސައްކަތަށް މިހާރު ބަންދު ކޮށް...

06 Apr 2023 | 08:09

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން ފުރުގާން މިސްކިތުން ފެށިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ހަމައަށް ބަންދު ކުރަން ނިންމައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތަށް މިހާރު ބަންދު ކޮށްފައި އޮތީ ސްޓެލްކޯއާއި ހިސާބުން ފުރުގާން މިސްކިތާއި ހަމައަށެވެ. ސްޓެލްކޯއިން ފެށިގެން ބްރިޖު މަގާއި ގުޅޭ ހިސާބަށް މިހާރު ވަނީ ތަރައްގީކޮށް ނިންމައި ތާރު އަޅާފައި އެވެ.

ފުލުހުން މިއަދު ބުނީ އެ މަޝްރޫއުގެ5،6 އަދި7 ވަނަ ސެގްމެންޓުގެ މަސައްކަތަށް ފުރުގާން މިސްކިތުން ފެށިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ހަމައަށް ޓްރެފިކް ފްލޯއަށް ހޮނިހިރު ދުވަހުން ފެށިގެން ބަދަލު އަންނާނެ ކަމަށެވެ.

އެ ސަރަހައްދު ބަންދު ކުރަން ނިންމި އިރު މިހާރު ބަންދުކޮށްފައި އޮތް ސަރަހައްދު ހުޅުވާލާނެ ދުވަހެއް އާރުޑީސީން ހާމައެއް ނުކުރެ އެވެ.

އީ 84 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މަސައްކަތް އެއްކޮށް ނިންމަން ޖެހެނީ 210 ދުވަހުގެ ތެރޭގައި އެވެ.

މަޝްރޫއު ނިމޭއިރު މުޅި އަމީނީ މަގުގެ 1.7 ކިލޯ މީޓަރުގައި ތާރުއަޅާނެއެވެ. އަދި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް