ޕާކިސްތާނުގައި، ޗައިނާގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސަަރަހައްދެއްގައި ޗައިނާގެ ކުންފުންޏަކުން ހިންގާ ކޮންސްޓްރަކްޝަން ސައިޓެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާ ހިނގީ އެ ކުންފުނިން ޚަރިބަރް ޕަޚްތުންޚ...

06 Apr 2023 | 07:34

ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސަަރަހައްދެއްގައި ޗައިނާގެ ކުންފުންޏަކުން ހިންގާ ކޮންސްޓްރަކްޝަން ސައިޓެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މި ހާދިސާ ހިނގީ އެ ކުންފުނިން ޚަރިބަރް ޕަޚްތުންޚްވާ ޕުރޮވިންސުގެ ކޯހިސްތާން ޑިސްޓްރިކްޓުގައި ކުރިޔަށް ގެންދާ ކަރަންޓު އުފެއްދުމުގެ މަޝްރޫއުއެއް ކުރިޔަށް ގެންދާ ސައިޓެއްގައި އެވެ. މި ހާދިސާގައި އެއްވެސް މީހަކު މަރުވެ އަދި އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އަލިފާން ރޯވީ އެ ސައިޓުގައި ޗައިނާ މަސައްކަތެރިން ތިބޭ ސަރަހައްދުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓޫ ޝޯޓެއް ވެގެންނެވެ.

މިހާދިސާގައި ބޮޑު ގެއްލުމެއް ލިބުނީ އެ ސައިޓުގައި ހުރި ތެލާއި އެހެން މެޝިނަރީޒް އަނދާ ހުލިވުމުންނެވެ.

ޕާކިސްތާނުގައި ޗައިނާ ކުންފުނިތަކުން ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން ދަނީ 2015 ވަނަ އަހަރު ހަދާފައިވާ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީ.ޕީ.އީ.ސީ) އެއްބަސްވުމުގެ ދަށުންނެވެ.

ޗައިނާ ކުންފުނިތަކުން ޕާކިސްތާނުގައި ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ނަމުގައި ތިބުމަކީ އެގައުމަށް ނުރައްކަލަކަށް ވެފައިވާ ތޯލިބާނުންގެ ހަމަލާތައް އިތުރުވެފައިވާ ސަބަބެކެވެ. އެގޮތުން ޗައިނާ މީހުންނަށް އަމާޒުކޮށް ބޮން ގޮއްވުމުގެ އިތުރުން އެފަދަ ސައިޓުތަކުގައި މަސައްކަތް ކުރާ މީހުން ދަތުރު ކުރާ އެއްގަމު އުޅަނދުތަކުގައިވެސް ބޮން ހަރުކޮށްގެން އެތައް ބަޔަކު މަރާލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް