ޖުމުލަ އެނދުގެ 27 އިންސައްތަ އަކީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް: މިނިސްޓަރު މައުސޫމް

ރާއްޖޭގައި ފަތުރުވެރިކަމުގެ އެނދުގެ 27 އިންސައްތަ މިހާރު ހިއްސާ ކުރަނީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ނުވަތަ ރައްޔިތުންގެ ފަތުރުވެރިކަން ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ....

06 Apr 2023 | 07:13

ރާއްޖޭގައި ފަތުރުވެރިކަމުގެ އެނދުގެ 27 އިންސައްތަ މިހާރު ހިއްސާ ކުރަނީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ނުވަތަ ރައްޔިތުންގެ ފަތުރުވެރިކަން ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ނަފަޔާއި މަންފާ ސީދާ ރައްޔިތުންނަށް ލިބެމުން އަންނަ ކަމަށެވެ. ރައްޔިތުންގެ ފަތުރުވެރިކަން މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކާއި ސިޓީތައް ހިމެނޭހެން 118 ރަށަކަށް ފުޅާވެފައިވާކަމަށެވެ.

"909 ފެސިލިޓީގައި 16،300 އެނދު، އެއީ ރާއްޖޭގެ ޖުމްލަ އެނދުގެ 27%" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ކ. މާފުށިން ފެށިގެން އއ. ތޮއްޑޫއާއި މީގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ގިނަ ރަށްތަކެއްގައި ގެސްޓް ހައުސް ވިޔަފާރި އަންނަނީ ފުޅާ ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް