މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އޭގެ ތެރެއިން ދަމުނަމާދު ކުރާނީ މާލޭގެ 18 މިިސްކިތެއްގައާއި ވިލިމާލޭގެ ތިން މިސްކިތެއްގައި ކަމަށެވެ. ހުޅުމާލޭގައި ދަމު ނަމާދު ކުރާނީ 11 މިސްކިތެއްގައެވެ.
އަދި އިއުތިކާފަށް އިނުން ހަމަޖެހިފައިވަނީ މާލޭގެ ހަތް މިސްކިތަކާއި ވިލިމާލޭގެ މިސްކިތަކާއި ހުޅުމާލޭގެ ހަ މިސްކިތެއްގައެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އެ މިސްކިތްތަކުގެ ލިސްޓެއްވެސް އާންމު ކޮށްފައި އެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ދަމުނަމާދު ކުރުން ކުރިއަށް ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް