ހުވަދު އަތޮޅުގައި އާރްޓީއެލްގެ ދަތުރުތަކަށް ބޭނުންވާ ފުރަތަމަ ފެރީ އެމްޓީސީސީއާ ހަވާލުކޮށްފި

ހުވަދުއަތޮޅުގައި އާރުޓީއެލްގެ ދަތުރުތައް ފެށުމަށް ބޭނުންވާ ފުރަތަމަ ފެރީ އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. އާރުޓީއެލް ފެރީގެ ހިދުމަތް މިހާރު ދެނީ ހއ، ހދ، ށ. އަދި ޅ އަތޮޅުގައި އެވެ. ދެން އެންމެ އަވަހަށް ...

06 Apr 2023 | 05:45

ހުވަދުއަތޮޅުގައި އާރުޓީއެލްގެ ދަތުރުތައް ފެށުމަށް ބޭނުންވާ ފުރަތަމަ ފެރީ އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް މިހާރު ދެނީ ހއ، ހދ، ށ. އަދި ޅ އަތޮޅުގައި އެވެ. ދެން އެންމެ އަވަހަށް ހިދުމަތް ފެށޫމުގެ މަސައްކަތް ކުރަމުންދަނީ ހުވަދު އަތޮޅު ކަމަށްވާ ގއ. އަދި ގދ. އަތޮޅުގައި އެވެ.

އެ ފެރީތައް ބަނުމަށް ހަވާލުކޮށްފައިވަނީ އަލް ޝާލީ މެރިންއާއި އެވެ. އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ފުރަތަމަ ފެރީ ހަވާލު ކުރީ އިއްޔެ ކަމަށެވެ.

މިއީ އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރި ލޯންޗުތައް ފަދައިން ކޮންޑިޝަން ރަނގަޅު، ރީތި ލޯންޗުތަކެއް ކަމަށެވެ. އަދި ކުރީގެ ލޯންޗުތަކަށްވުރެ ޖާގަ ތަނަވަސް ވާނެ ކަމަށް ވެސް އެމްޓީސީސީން މައުލޫމާތުދެ އެވެ.

އެމްޓީސީސީން ބުނީ މަސައްކަތް ކުރަމުންދަނީ އެ ދެ އަތޮޅުގައި އަންނަ ޖުލައި މަހު ދަތުރުތައް ފެށުމަށް ކަމަށެވެ. އެހާތަނަށް ބާކީ ފަސް ލޯންޗުގެ މަސައްކަތް ނިންމައި އެ ކުންފުންޏާއި ހަވާލު ކުރާނެ ކަމުގެ ޔަގީންކަން މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން ދީފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް