ދުވަހުގެ ރެސިޕީ: ކުޅި އަލުވި ކުކުޅު

ބޭނުންވާނެ ތަކެތި 650 ގްރާމް އަލުވި (ތޮށި ނޮޅާފަ 1 އިންޗި 1 އިންޗި މިންވަރަށް ކޮށާފަ) 2 މޭޒުމަތީ ސަމްސާ ޒައިތޫނި ތެޔޮ 1 ބޮޑު ފިޔާ (ކޮށާފަ) 2 ސައި ސަމްސާ މުގުރި ދިރި ½ ސައި ސަމްސާ ހިކިމިރުސް (މުގުރާފަ)...

06 Apr 2023 | 01:06

ބޭނުންވާނެ ތަކެތި

  • 650 ގްރާމް އަލުވި (ތޮށި ނޮޅާފަ 1 އިންޗި 1 އިންޗި މިންވަރަށް ކޮށާފަ)
  • 2 މޭޒުމަތީ ސަމްސާ ޒައިތޫނި ތެޔޮ
  • 1 ބޮޑު ފިޔާ (ކޮށާފަ)
  • 2 ސައި ސަމްސާ މުގުރި ދިރި
  • ½ ސައި ސަމްސާ ހިކިމިރުސް (މުގުރާފަ)
  • 300 ގްރާމް ކުކުޅު (ލޮނު ހެޔޮވަރުކޮށް ފެނު ކައްކާ އަދި އަލުވި ކޮށާފަ އިން މިނަށް ކޮށާފަ)
  • 400 ގްރާމް ޓުމާޓޯ (ހެޔޮވަރު ސައިޒަކަށް ކޮށާފަ)
  • 3 މޭޒުމަތީ ސަމްސާ ކޮރިއަންޑާ (ކުދިކޮށް ކޮށާފަ)
  • 2 ލޮނުމެދު (ޗިސްކޮށްފަ ކުދިކޮށް ކޮށާފަ)

ހައްދަވާނެގޮތް

ހެޔޮވަރު ތަވައަކަށް ތެޔޮކޮޅު އަޅާފަ ހޫނުކޮށްލާށެވެ. އެއަށްފަހު ކޮށާފަ ހުރި ފިޔާ ތެލުގައި 2 މިނިޓް ވަންދެން ތެލުލާށެވެ. ދެން އަލުވި، ލޮނުމެދު، ދިރި އަދި މިރުސްކޮޅު އަޅާފަ އިތުރު މިނިޓެއްވަރު ތެލުލާށެވެ. ތެލެލާވަގުތު ރަނގަޅަށް ހަލުވަން ވާނެއެވެ. ދެން ކުކުޅާއި ޓޮމާޓޮކޮޅު އަޅާފަ ބައިޖޯޑް ފެންއަޅާފަ 14 ވަރަކަށް މިޓްވަންދެން ރަނގަޅަށް ކައްކާލާށެވެ. އޭގެ ފަހުން ކޮށާފަ އިން ކޮރިއަންޑާ ކޮޅު އަޅާފަ ރަނގަޅަށް އެއްކޮށްލާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް