ރޯދަ މަހު ކުނި އުފައްދާ މިންވަރު ކުޑަކުރުމަށް އީޕީއޭ އިން އިލްތިމާސްކޮށްފި

ރޯދަ މަހާއި ދިމާކޮށް ކުނި އުފައްދާ މިންވަރު އިތުރުވެފައިވާކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހާމަކޮށްފިއެވެ. އީޕީއޭއިންއިން މިރޭ ބުނީ މި ރަމަޟާން މަހު ކުނި އުފައްދާ މިންވަ...

06 Apr 2022 | 17:56

ރޯދަ މަހާއި ދިމާކޮށް ކުނި އުފައްދާ މިންވަރު އިތުރުވެފައިވާކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހާމަކޮށްފިއެވެ.

އީޕީއޭއިންއިން މިރޭ ބުނީ މި ރަމަޟާން މަހު ކުނި އުފައްދާ މިންވަރު ވަރަށް ބޮޑަށް އިތުރު ވެފައިވާކަމަށެވެ.

ވަކިން ޚާއްސަކޮށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ކުންޏާއި، ކާނާގެ ބާވާތްތައް އުކާލާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.

އެހެންކަމުން އީޕީއޭއިން ވަނީ ކޮންމެ ދުވަހަކުވެސް ކުނި އުފެއްދޭ މިންވަރު ބެލުމަށާއި، ކުނި އުފައްދާ މިންވަރު ކުޑަކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ތަކެތި ބޭނުންނުކުރުމަށް އީޕީއޭއިން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް