ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ފަރާތްޕުޅުން ހަދިޔާކުރައްވާ ޚާއްސަ '"އިފްތާރު ޕެކޭޖް'" އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ސައުދީ ރަސްގެފާނު ދެއްވާ ޚާއްސަ އިފްތާރު ޕެކޭޖު އިސްލާމިކް މިނިސްޓްރީއާހަވާލު ކުރައްވާފައިވާ ކަމަށެވެ. މިއަހަރު ރާއްޖެއަށް ދެއްވާފައިވަނީ 200 ޕެކޭޖުކަމަށެވެ.
މި ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ތެރެއިން އެންމެ މީހުން ގިނަ އާއިލާތަކަށްކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ފަރާތުން ހަދިޔާކުރައްވާ ޚާއްސަ ''އިފްތާރު ޕެކޭޖް'' ހަވާލުކޮށްދެއްވީ ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެތްރެކް އަލްދޮސާރީއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް