އުރީދޫއިން ރޯދައަށް ހާއްސަކޮށް ކުއިޒެއް ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މި ކުއިޒް ކުރިޔަށް ގެންދަނީ ޕީސް ފައުންޑޭޝަނާއި ގުޅިގެން ކަމަށެވެ. މި ކުއިޒްގައި ކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ސުވާލެވެ. އެއީ ހަފްތާއަކު ސުވާލެކެވެ.
ކުއިޒުގައި ބައިވެރިވާން ޖަވާބު ހުށަހަޅަން ޖެހޭނީ ޖަވާބުގައި ބޮޅު އަޅައި #OoredooRoadhaQuiz ޖެހުމަށް ފަހު އުރީދޫގެ ޓްވިޓާ އަދި ފޭސްބުކް ޕޯސްޓަށް ކޮމެންޓް ކޮށްގެންނެވެ. އިންސްޓަގްރާމުގައި ބައިވެރިވާން އެކައުންޓް ޕްރައިވެޓްކޮށް ވަކި ޕޯސްޓެއްގެ ގޮތުގައި ޖަވާބު ހުށަހަޅަން ޖެހެއެވެ. މިގޮތަށް ހުށަހަޅާ އިރު އުރީދޫ ޓެގް ކުރަން ޖެހޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
މި ހަފުތާގެ ސުވާލު މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. ޖަވާބު ދިނުމުގެ ފުރުސަތު ހަމަވާނީ މާދަމާ ރޭ 11:30 ގައި އެވެ.
މި ސުވާލުތަކަށް ރަނގަޅު ޖަވާބު ހުށަހަޅާ މީހުންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް ސެމްސަން ގެލެކްސީ ބަޑްސް ލައިވްއެއް ހުށަހަޅާފައިވެ އެވެ. މުޅި ކުއިޒުގެ ހުރިހާ ޖަވާބެއް ދިމާކުރާ މީހުންގެ ތެރެއިން ހޮވޭ މީހަކަށް އައިފޯން 13 ޕްރޯއެއް ވަނީ ހުށަހަޅައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް