މަސްވެރިކަން ރަނގަޅުވުމުން، މިފްކޯއިން މަސް ގަންނަ އަދަދު ލިމިޓުކޮށްފި

މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވުމުން ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަދަދު ލިމިޓު ކޮށްފި އެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްވެރިކަން ރަނގަޅުވެފައިވަނީ ހާއް...

06 Apr 2022 | 09:35

މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވުމުން ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަދަދު ލިމިޓު ކޮށްފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްވެރިކަން ރަނގަޅުވެފައިވަނީ ހާއްސަކޮށް ދެކުނުގެ އަތޮޅުތަކުގައި ކަމަށެވެ. އެހެންވެ އެއްފަހަރާ ގިނަ ދޯނިތަކުން ދެކުނުގެ ސެންޓަރުތަކަށް މަސް ކިރުވާ އަދަދު ކެޕޭސިޓީއަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.

މިފްކޯއިން ބުނި ގޮތުގައި ފާއިތުވި ދެ ދުވަހު އެކި ސެންޓަރުތަކަށް 1،390 ޓަނުގެ މަސް ކިރުވަން ދޯނިތަކުން ވަނީ ގޮސްފަ އެވެ. އެއީ އެވްރެޖުކޮށް ދޯންޏަކަށް 12 ޓަނު ކަމަށް ވާއިރު ބޮޑެތި ދޯނިތަކުން ދުވާލަކު 25-60 ޓަނުގެ މަސް ބާނަ އެވެ.

ލިމިޓު ކުރުމަށް ފަހު މިފްކޯއިން ނިންމާފައިވަނީ ދުވާލަކު ދޯންޏަކުން ފަސް ޓަނުގެ މަސް ކިރާށެވެ. މިފްކޯއިން ބުނީ މަސް ގަންނަ އަދަދު ލިމިޓު ކުރިޔަސް އިއްޔެގެ ނިޔަލަށް ކިޔުގައި ޖެހިފަ ތިބި ހުރިހާ ދޯންޏެއްގެ މަސް ކިރުވޭނެ ކަމަށެވެ.

މިފްކޯގެ ދެކުނުގެ ކެޕޭސިޓީއަކީ 420 ޓަނެވެ. އެ ކެޕޭސިޓީ އިތުރު ކުރުމަށް މާދަމާ އެ ކުންފުނީގެ ޖަޒީރާ-102 ކޫއްޑު އަށް ދާނެ އެވެ. އެއީ 100 ޓަނުގެ މަސް ގަނެވޭ ވަރުގެ ބޯޓެކެވެ.

ކެޕޭސިޓީއަށް ވުރެ ގިނައިން މަސް ލިބޭތީ މިފްކޯ އިން އަންނަނީ ކޯލްޑް ސްޓޯރޭޖްތަކުން ޖާގަ ހޯދަން ކެރިއާ ބޯޓުތައް ގެންގޮސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް