ސޮނާކްޝީ، އެންމެ ލޯބިވާ ރާއްޖޭގައި، އޭނާގެ ފޮޓޯ ނަގަނީ ދިވެހި ފޮޓޯގްރާފަރެއް!

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހަ އަނެއްކާވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ. ރާއްޖެ ދެކެ އެންމެ ލޯބިވާ ސޮނާކްޝީ އަހަރަކު ދެ ތިން ފަހަރު ރާއްޖެ އަންނަނީ ރީތިވެފަ ކޯމަސް ބަލައި، ޑައިވްކޮށ...

06 Apr 2022 | 08:04

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހަ އަނެއްކާވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

ރާއްޖެ ދެކެ އެންމެ ލޯބިވާ ސޮނާކްޝީ އަހަރަކު ދެ ތިން ފަހަރު ރާއްޖެ އަންނަނީ ރީތިވެފަ ކޯމަސް ބަލައި، ޑައިވްކޮށް ސްނޯކްލިން ކުރާ ހިތުން ކަމަށް މީގެ ކުރިން އެތައް ފަހަރަކު ބުނެފައިވެ އެވެ. ކޮންމެ ފަހަރަކުވެސް ތަފާތު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރާ ސޮނާކްޝީ މިފަހަރު އައިސް ހުރީ ވައްކަރު މޯލްޑިވްސްގައި އެވެ.

ސޮނާކްޝީ ރިސޯޓުގެ ގޮނޑުދޮށުގައި ނަގާފައިވާ ރީތި ފޮޓޯތަކެއް އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކާއި އެކު ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ އޭނާ އާއި ރާއްޖޭގެ ލޯބީގެ ގުޅުން ރާއްޖެ އަށް ކުރާ ކޮންމެ ދަތުރަކުން އިތުރަށް ވަރުގަދަވަމުންދާ ކަމަށެވެ. އަދި މިފަހަރުގެ ދަތުރުގައި ގުޅުން އިތުރަށް ވަރުގަދަވާހީ މަންޒިލް ރީތި ކަަމަށެވެ.

ސޮނާކްޝީ ބުނީ ގޮނޑުދޮށުގައި ނަގާފައިވާ ރީތި އެ ފޮޓޯތަކަކީ ދިވެހި ފޮޓޯގްރާފަރެއް ކަމަށްވާ ޔަޝްރިބް އަހުމަދުގެ ހުނަރުވެރި ފުރިހަމަ މަސައްކަތް ކަމަށެވެ. އޭނާ ވަނީ ޔަޝްރިބްގެ މަސައްކަތަށް ތައީރުފުކޮށް އެ ޕޯސްޓުގައި ޔަޝްރިބް ޓެގުކޮށްފަ އެވެ.

މީގެ އިތުރުން ސޮނާކްޝީ ވަނީ ކޯމަސް ބަލަން ގޮސް އުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް ސްޓޯރީގައި ހިއްސާކޮށްފަ އެވެ. އަދި އިރު އޮއްސޭ މަންޒަރާއި އޭނާ ޗުއްޓީ ހޭދަ ކުރާ ވައްކަރު މޯލްޑިވްސްގެ ރީތި މަންޒަރުތައް ހިމެނޭ ފޮޓޯތައް ސްޓޯރީގައި ހިއްސާކޮށްފައިވެ އެވެ.

https://www.instagram.com/p/Cb_xxNlPoBY/

ރާއްޖޭގައި ދުނިޔޭގެ މަޝްރޫއު މީހުން ޗުއްޓީ ހޭދަ ކުރާއިރު ފޮޓޯނަގައިދޭ ދިވެހި ފޮޓޯގްރާފަރުންގެ ނަން މިގޮތަށް މަދުފަހަރަކު ނޫނީ ފާހަގައެއް ނުކުރެ އެވެ. އެހެން ކަމުން ސޮނާކްޝީއަށް ރާއްޖޭގެ އިތުރުން ދިވެހިންވެސް މިހާރު ކަމުދާކަން އެނގެ އެވެ.

ސޮނާކްޝީގެ އިތުރުން ބޮލީވުޑްގެ ބަތަލާ ތާރާ ސުތާރިއާވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެެވެ.

ސޮނާކްޝީގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ފަށާނީ ފިލްމު "އިއްތިފާގު" ގެ މަސައްކަތެވެ. މީގެ އިތުރުން ކަރަން ޖޯހަރާއި ނިކިލް އަދްވާނީގެ ފިލްމަކަށްވެސް ސޮނާކްޝީ ވަނީ ސޮއިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް