ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅައި ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހެލްތް މިނިސްޓްރީގެ އެދުމުގެ މަތިން، ހަތް ރަށެއްގައި ހޮސްޕި...

06 Apr 2022 | 06:05

ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅައި ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހެލްތް މިނިސްޓްރީގެ އެދުމުގެ މަތިން، ހަތް ރަށެއްގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުން ހޮސްޕިޓަލް އަޅަން ނިންމާފައިވާ ރަށްތަކަކީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުއްޓެވެ.

އެ މަސައްކަތައް ބިޑު ހުށަހަޅަން ހުޅުވާލާފައިވާ އިރު އެ ބީލަމުގައި ބައިވެރިވެވޭނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ މަތިން ރަޖިސްޓަރީވެ ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް ވެސް އިއުލާނުގައި ބުނެ ފައިވެއެވެ.

އުއުލާނުގައި ވާގޮތުން ބީލަން ހުށަހަޅާއިރު ބިޑް ސެކިޔުރިޓީގެ ގޮތުގައި 35000 ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 28 ދުވަހެވެ.

ބިޑްތައް ހުޅުވުން އޮންނާނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 1:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާ ކުރާ މާލަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް