ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރާއި އެމެރިކާގެ އިންފްލުއެންޒާ ކިމް ކާޑޭޝަން އާއި ވައްތަރު ގޮތްތަކެއް އެބަހުރި ކަމަށް ޖާންވީގެ ފޭނުން ބުނަން ފަށައިފި އެވެ.
މި ދެމީހުންގެ މެދުގައި ހުރި އެއްގޮތް ކަމުގެ ވާހަކަ ދައްކަން ފެށި މިފަހުން ބޭއްވި އެވޯޑު ހަފްލާއަކަށް ޖާންވީ ލައިގެން ދިޔަ ހެދުމަކުންނެވެ. ފޭނުން ބުނެފައިވަނީ ޖާންވީގެ މޫނު ނުފެންނަ ނަމަ ފަހަތުން ހީވަނީ ހަމަ ކިމް ފެންނަ ހެން ކަމަށެވެ.
ޖާންވީ އެ ހަފްލާއަށް ދިޔައީ ކިމް އާންމުކޮށް ލާގޮތަށް ވަރަށް ނިވާކަން ކުޑަ އަދި ގަޔަށް ބާރު ހަށިގަނޑުގެ ވަނާތައް އެނގޭ ހެދުމެއް ލައިގެންނެވެ. އެ ދެމީހުންގެ ހުރި އެއްގޮތް ކަމާއި މެދު ވާހަކަ ދައްކަން ފެށީ ހެދުން އެޅުމުގައި ކިމްގެ ސްޓައިލް ކޮޕީ ކޮށްފަ ހުރުމުންނެވެ.
ހެދުން ފަރުމާ ކޮށްފައި ހުރީ ޖަވާހިރުތަކެއް ފާޅުވާގޮތަށެވެ. ޖާންވީގެ އިސްތަށިގަނޑުވެސް ސްޓައިލްކޮށްފައި ހުރީ އާންމުކޮށް ހަފްލާތަކުން ކިމް ފެންނަ އިރު ހުންނަ ގޮތަށެވެ.
ޖާންވީވެސް ވަނީ ލެވުނު ހެދުން ރީތިވެފަ ނަލަކަމުން ފޮޓޯ ނަގައި އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ.
https://www.instagram.com/p/CbzX1Glurc4/
ޖާންވީގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ ފިލްމު "ގުޑް ލަކް ޖެރީ" އަދި "ބޮމްބޭ ގާލް" ގައި އެވެ. އަދި ވެސް އިތުރު ފިލްމުތަކެއް އެނާ އަތުގައި ހުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް