ރާއްޖެ އާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ސައޮ ޓޮމޭ އެންޑް ޕްރިންސީޕޭއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފިއެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެއިންއެވެ.
ސައޮ ޓޮމޭ އެންޑް ޕްރިންސީޕޭގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުން އަދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް އަލްސިނިއޯ ކްރަވިޑް އީ ސިލްވާއެވެ.
ފޮރިން މިނިސްޓްރީން ބުނީ ބައިނަލްއަގްވާމީ މައިދާނުގައި ނިސްބަތުން ކުދި ގައުމުތަކެއްގެ ހައިސިއްޔަތުން، ރާއްޖެ އާއި ސައޮ ޓޮމޭއާ ދެމެދު ސިޔާސީގުޅުން ގާއިމުކުރުމަކީ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި މަސްލަހަތު ހިމެނޭ ހުރިހާ ދާއިރާއަކުން، ދެ ގައުމުގެ ރައްޔިތުން ގުޅުވައިދޭ، އެއްބާރުލުން އިތުރުކުރުމަށް ހުޅުވިގެންދާ ދޮރެއް ކަމަށެވެ.
މި ސިޔާސީ ގުޅުމާއެކު މިއީ ރާއްޖެ އިން މި ގުޅުން ބޭއްވުނު 180 ވަނަ ގައުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް