ބޯހިމެނުމުގެ މަސައްކަތަށް ބޭނުންވާ ޓެބްލެޓް ގަތުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ޤައުމީ ތަފާތު ހިސާބު ބަލަހައްޓާ ވުޒާރާގެ ބޭނުމަށް މިއަހަރު ކުރިއަށް ގެންދާ ރާއްޖޭގެ ބޯހިމެނުގެ މަަސައްކަތައް 812 ޓެބްލެޓް ހޯދަން ބޭނުންވެގެން މީގެ ކުރިން ކުރި އިޢުލާނާއި ގުޅިގެން އެމަސައްކަތްތަކަށް ހުށަހަޅާފައިވާ ބީލަންތައް ބާޠިލްކޮށް އެމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން 500ރ. ގެ ނޮން ރިފަންޑަބަލް ފީއެއް އަދި ބިޑް އެކިއުރިޓީގެ ގޮތުގައި 33،000ރ. ބަހައްޓަން ޖެހޭ ކަމަަށެވެ.
މީގެ އިތުރުން މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން 7 އެޕްރީލް 2022 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
އަދި މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 އެޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، އެ މިނިސްޓްރީއަށް މެއިލް ކޮށްގެން މަޢުލޫމާތު ސާފު ކުރަން އެދިފައި ވެއެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ބީލަން ހުޅުވުން އޮންނާނީ 25 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ 10:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ބޯހިމެނުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަހަރުގ ސެޕްޓެމްބަރު 17 އިން 30 އަށެވެ. ބޯހިމެނުމުގެ ވަގުތީ ނަތީޖާ 6 އޮކްޓޯބަރު 2022 ގައި އިއުލާން ކުރާނެ އެވެ.
އަދި ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ ރާއްޖޭގެ ބޯހިމެނުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ ވަނީ ފަސްލައްކަ ފަހަނަ އަޅާ ގޮސްފައެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައި ވަނީ 2014 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް